ads
ރައީސް ސޯލިހު، އެންމެފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ :ފޮޓޯ އެމްޑީޕީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އުކުޅަހުގައި
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އއ. އުކުޅަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭގޮތުން އުކުޅަހު ކައުންސިލްގެ ރައީސް އަދި އުކުޅަހު އެމްޑީޕީ ގޮފީގައި އިސްކޮށް ހަރަކާތްތެރިވާ ޝައުކަތު އިބްރާހީމް (މަނިކު)، "ސީއެންއެމް" އަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިރޭ އެ ރަށު ކޮންވެންޝަން ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝައުކަތު ވިދާޅުވެފައި ވަނީ މި ޖަލްސާގައި ނިމިދިޔަ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް ހިމެނޭހެން، އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝައުކަތު އިތުރަށް ވިދާޅުވީ މިއަދުގެ ދުވާލުގެ ވަގުތުތަކުގައި އެ ޕާޓީގެ އެކިއެކި ބައްދަލުވުންތައް އެ ރަށުގައި ކުރިއަށް ދާ ކަމަށެވެ.

މިރޭ ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ކުރިއަށް އޮތް ހަރަކާތްތައް ރޭވުމަށް ބާއްވާ ހާއްސަ ޖަަލްސާއެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އެންމެފަހުން ބޭއްވީ ރިޔާސީ އިންތިހާބަށް ފަހު، ނިމިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް