ads
ޑޮކްޓަރ ޓެޑްރޯސް-- ޕްރެސް ކޮންފަރެންސް
ކޮވިޑް-19: އެންމެ ހަތަރު ދުވަސް ތެރޭގައި އިތުރު އެއް ލައްކަ ކޭސް ރިޕޯޓް ކޮއްފި
ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ނުރައްކާ ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކް އެއް ކަމަށް ކަނޑައަޅާފައިވާ ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ކުރިއަށް ވުރެ ބޮޑުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ބުނީ ޖެނީވާ ހެޑްކުއާޓާޒުގައި އިއްޔެ ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ ގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އާދަނޯމް ގެބްރެޔޭސަސް އެވެ.

މި ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯ ގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އާދަނޯމް ގެބްރެޔޭސަސް ވިދާޅުވެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ކުރިއަށް ވުރެ އަވަސް މިނެއްގައި އިތުރު ވަމުންދާ ކަމުގައެވެ. 

ޓެޑްރޯސް ވިދާޅުވިގޮތުގައި ފުރަތަމަ ރިޕޯޓް ކުރެވުނު ކޭސް އިން ފެށިގެން ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު 67 ދުވަހުގެ ތެރޭގައި ވަނީ 100،000 އަށް އަރާފައެވެ. އަދި އިތުރު 100،000 ކޭސް 11 ދުވަހުގެ ތެރޭގައި ރިޕޯޓް ކުރެވިފައިވީއިރު، އޭގެ އިތުރުން ދެން ރިޕޯޓް ކުރެވުނު 100،000 ކޭސް ރިޕޯޓް ކުރަން ނަގައިފަނީ އެންމެ ހަތަރު ދުވަސް ތެރޭގައި ކަމަށް ވެސް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ. 

އަދި އިތުރަށް މިކަމާ ބެހޭގޮތުން ޓްވީޓް ކުރަމުން ޑރ. ޓެޑްރޯސް ވިދާޅުވީ ކަންބޮޑުވާން ޖެހޭހާ އަވަސްމިނުގައި މި ބަލި ފެތުރިގެންދާ ކަމަށެވެ. މި އިތުރުވަމުންދާ އަދަދު ތަށް މުހިންމު ކަމަށް ވެސް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ. މިގޮތުން، މި އަދަދު ތަށް އިތުރުވާ ނިސްބަތާ މެދު ވިސްނާ، ކުރިއާ ބަލާފައި މި ބަލި ފެތުރެމުންދާ މިންވަރު އަވަސްވެފައިވީއިރު މި އަދަދު އިތުރު ވަމުންދާވަރު މަދުކުރުމުގެ ގޮތުން އެންމެންގެ ސަމާލުކަމަށް ވިސްނާ އަމަލު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެ ކުރިން ފެނިފައިނުވާ މި ބައްޔަކީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ނުވަތަ ޕެންޑަމިކް އެއް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާން ކޮއްފައެވެ. މި ވައިރަސް ފުރަތަމައިނުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޗައިނާ ގެ ވުހާން ޕްރޮވިންސް އިންނެވެ. 

މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މި ބަލި ފުރަތަމައިނުން ފެނިގެންގޮސްފައިވާ ޗައިނާ އިންނެވެ. އެގޮތުން މިގައުމުން ވަނީ ކޮވިޑް-19 ގެ 81،558 ކޭހެއް ރިޕޯޓް ކޮއްފައެވެ. ޗައިނާ އިން ބޭރުން ދެން އެންމެ ގިނަ ކޭސްތައް ރިޕޯޓް ކޮއްފައިވާ ގައުމަކީ 63،927 އާއި އެކު އިޓަލީ އެވެ. މި ދެ ގައުމުގެ ބޭރުން ދެން އެންމެ ގިނައިން މި ބަލި ފެނިގެން ރިޕޯޓް ކޮއްފައިވާ ގައުމު ތަކުގެ ތެރޭގައި، އެމެރިކާ، ސްޕެއިން، ޖާމަނީ އަދި އީރާން ހިމެނެއެވެ. މިގޮތުން މި ބައްޔައް ޕޮސިޓިވް ވެފައިވާމީހުންގެ އަދަދު މިވަނީ މުޅިއަކު 382،972 އަށް އަރާފައެވެ. 

ކޮވިޑް-19 ގެ ސަބަބުން މަރުވި މީހުން ގެ އަދަދު ކުރިން އެންމެ ގިނައީ ޗައިނާގައި ކަމަށްވީނަމަވެސް، މިހާރު މި ބަލީގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީ އިންނެވެ. ޗައިނާ ގައި މުޅިއަކު 3،160 މީހަކު މިހާތަނަށް މަރުވެފައި ވީއިރު، އިޓަލީ ގައި މިހާރު މިވަނީ 6،000 އަށް ވުރެ ގިނަ މީހުން މި ވައިރަސް ގެ ސަބަބުން މަރުވެފައެވެ. އިޓަލީ އިން ވަނީ އެއް ދުވަސް ތެރޭގައި 700 އަށް ވުރެ ގިނަ މީހުންގެ މަރު ރިޕޯޓް ކޮއްފައެވެ. މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނައިން މީހުން މަރުވެފައިވަނީ ސްޕެއިން އިން 2،316 އަދި އީރާން އިން 1،812 މީހުންނެވެ. މުޅި ޖުމްލަ މިހާތަނަށް މުޅި ދުނިޔެއިން މިބަލީގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 16،585 އަށް އަރާފައެވެ. 

ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވެފައި، އަދި މި ވައިރަސް އަށް ވެކްސިން އެއް ހޯދިފައި ނުވާއިރު، މި ބަލިން ސަލާމަތް ކުރެވޭ މީހުންގެ އަދަދު ނިސްބަތުން ގިނަކަމަށް ދައްކައެވެ. މިގޮތުން، ދުނިޔެއިން މިހާރު 102،524 މީހަކު މިވަނީ މި ބަލިން ސަލާމަތް ކުރެވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް