ads
އަލްހާން
ޕޮންޒީ ސްކީމާ ގުޅިގެން އަލްހާނުގެ މައްޗަށް ދައުވާކޮށްފި
ޕޮންޒީ ސްކީމާ ގުޅިގެން އަލްހާން ފަހުމީއާ، އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކޮށްފިއެވެ.

ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވީ މިއަދު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ކަމަށެވެ. 

އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވެއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކުރި އެވެ. ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް