ads
މަތިވެރި ކަސާމިއާ ގެސްޓް ހައުސް އެ ރަށު ކައުންސިލާ މިރޭ ހަވާލު ކޮށްދެއްވަނީ. - ފޮޓޯ: ރައީސް އޮފީސް
ކާސާމިއާ ހުރި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކޮށްފި
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގެވި ގެސްޓް ހައުސް އއ. މަތިވެރި ކައުންސިލާ މިރޭ ހަވާލުކޮށްފި އެވެ.
Advertisement

މަތިވެރި ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިމުގައި ގެންދަނީ ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަމުންނެވެ.

ކަސާ މިއާ ހުރި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައި ދެއްވުމަށް ރައްޔިތުން އެދުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އޭގެ ފަހުން ދެ ވަނަ ފަހަރަށް މަތިވެރި އަށް ރައީސް މުއިއްޒު މިއަދު ވަޑައިގެން މަތިވެރި ކައުންސިލާ، ކަސާ މިއާ ގެސްޓް ހައުސްގެ ބިން ހަވާލު ކޮށްދެއްވީ އެ ރަށުގެ ރައްޔިތުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބިން ކައުންސިލާ ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ. ކައުންސިލުން ބިމާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް އެވެ.

މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޓޫރިޒަމް ޒޯންގެ ބިމުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށާއި، އަދި ސަރުކާރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެކަމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް