ads
ކެލާ ސްޕޯޓްސް އެކަޑަމީ ލޯންޗް ކުރުން
ކެލާ ސްޕޯޓްސް އެކަޑަމީ، ދަގަނޑޭ ލޯންޗްކޮށްދީފި
ކެލާ ސްޕޯޓްސް އެކަޑަމީ، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ދިވެހި ފުޓްބޯޅައިގެ ރަސްގެފާނު، އަލީ އަޝްފާގު - ދަގަނޑޭ މިއަދު ލޯންޗް ކޮށްދީފިއެވެ.

ކެލާ ސްޕޯޓްސް އެކަޑަަމީއަކީ، ކެލާގެ ކުޑަ ކުދިންނަށް ފުޓްބޯޅަ ހުނަރުތައް ދަސްކޮށްދިނުމުގެ ރަށުގެ ޒުވާނުން އިސްނަގައިގެން އުފައްދައި ހިންގަމުން އަންނަ އެކަޑަމީއެކެވެ. 

މި އެކަޑަމީ މިއަދު ފެށިއިރު، މިހާރުވެސް ގާތްގަނޑަކަށް 100 ވަރަކަށް ކުދިންވަނީ ރަޖިސްޓްރީކޮށްފައެވެ. އިވެންޓް ލޯންޗް ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދުވެސް ބައެއް ކުދިން އަލަށް ރަޖިސްޓްރީ ކުރިއެވެ. 

ކެލާ ސްޕޯޓްސް އެކަޑަމީގެ ރައީސް މުހައްމަދު މާލިކް މިއަދު ވިދާޅުވީ، މި އެކަޑަމީގެ ސަބަބުން، ކެލާގައި ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް އުފެދިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

މިއަދު ކެލާ ސްޕޯޓްސް އެކަޑަމީ ލޯންޗް ކުރުމަށް ފަހު އޮތް އިވެންޓްތަކުގައި ދަގަނޑޭވަނީ ކެލާގެ ކުޑަ ކުދިންނާއެކު މެޗުތަކެއް ކުޅެފައެވެ. މި އިވެންޓަށް ފަހު ކެލާގެ ވަރަށް ގިނަ ކުޑަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންވަނީ ދަގަނޑޭއާއެކު ފޮޓޯ ނަގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް