މަލީހް ޕާޓީއިން ވަކިކުރަން ނިންމާފައިވަނީ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެންނެވެ.
އެ މައްސަލައިގައި ބުދަ ދުވަހު މަލީހް ވަނީ އެ ޕާޓީން ސަސްޕެންޑްކޮށްފައެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމިޓީން އެމައްސަލަ ބެލުމަށް ފަހު މަލީހު ޕާޓީން ވަކިކުރަން ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި މަލީހު ސުލޫކީ ކޮމިޓީއަށް ހާޒިރުވާން އެންގެވި ނަމަވެސް ހާޒިރުވެފައެއް ނުވެއެވެ.
މަލީހު ވަނީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައިކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށާއި، ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.