ރޭ ސަސް އަތުން އީގަލްސް މޮޅުވީ 5-2 އިން ނެވެ. މި މެޗާއެކު ލީގުގެ އެއް ވަނައިގައި އީގަލްސް އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އޮތީ 13 މެޗުން 27 ޕޮއިންޓެެވެ.
ލީގުގައި އީގަލްސްއިން ދެން ކުޅެން އޮތީ އެންމެ މެޗެކެވެ. ޑިފެންޑިން ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ކުޅޭ މި މެޗުން މޮޅުވެއްޖެނަމަ އީގަލްސްއަށް އެ ޓީމުވެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ލިބޭނެއެވެ. ލީގުގެ ފަހު ބުރު ނުކުޅެން އެފްއޭއެމުންވަނީ ނިންމާފައެވެ.