ads
ޒަހަރު
ޒަހަރު ދީގެން ފިރިމީހާ މަރައިލަން އިންޑިއާ އަންހެނަކު މަސައްކަތް ކޮށްފި
ޒަހަރު ދީގެން ފިރިމީހާ މަރައިލަން މަސައްކަތްކުރި އިންޑިއާ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ހިނގި މި ހާދިސާގައި ޒަހަރު ބުއި ފިރިހެން މީހާ ވަނީ އެޑުމިޓުވެސް ކޮށްފައިއެވެ. ނަމަވެސް މިހާރު އެނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. 

ފިރިމީހާއަޒް ޒަހަރު ދީގެން މަރައިލަން މަސައްކަތްކުރި ކޯމަލް ކިޔާ މި އަންހެންމީހާ މީގެ ކުރިން ވެސް ތިން މީހަކާ ކައިވެނިކޮށްފައިވެއެވެ. 

ކޯމަލް އާއި އެނާ ޒަހަރު ދިން ފިރިމީހާ މޯހިތް ޝަރުމާ ކައިވެނިކުރީ މީގެ ފަސް މަސް ކުރިންނެވެ. އަވަށްޓެރިންނާ ހަވާލާ ދީ ނޫސްތަކުގައި ބުނެފައިވާގޮތުން ދެ މީހުން މައްސަލައެއް ނުޖެހި އުޅޭތާ އެތައް ދުވަހެއް ވެއްޖެއެވެ. 

ފިރިމީހާއަށް އޭނާ ޒަހަރު ދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ޒަހަރު އަޅާފައިހުރީ ފިރިމީހާއަށް ދިން ފިނި ބުއިމަކަށްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

މޯހިތް ހޮސްޕިޓަލުން ދޫކޮށްލުމާއެކު އޭނާ ވަނީ އޭނާގެ އަނބިމީހާ ޒަހަރު ދިން މައްސަލަ ފުލުހުގައިޖައްސާފައެވެ. 

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް