ads
ރައީސް ޑރ. މުއިއްޒު ސައުދީގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ސައުދީ ދަތުރު ފަސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރުފުޅު ފަސްކުރައްވައިފި އެވެ.

ރައީސް ޑރ. މުއިއްޒު ސައުދީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ އިއްޔެ އެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅު ފަސްކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެމަނިކުފާނު ސައުދީއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު މިހާރު ވަނީ ފަސްކުރައްވާފައި ކަމަށެވެ. ދަތުރުފުޅު ފަސްކުރެއްވި ސަބަބެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ޑރ. މުއިއްޒު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި ވިޔަފާރި އެއްބަސްވުންތަކާ ގުޅޭގޮތުުން ސައުދީ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ސައުދީގެ ނޫހެއްގައި ރިޕޯޓުކޮށްފައި ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެ އާއެކު ސޮއިކުރުމުގެ މަޝްވަރާތައް ފަށަން އެގައުމުގެ ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ޗެއާކުރެއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމެއްގަ އެވެ.

ސައުދީގެ ގައުމީ ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ވަނީ ނިންމާފައި ކަމުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް