ads
އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް
ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލަން ޖެހޭ: ނާޒިމް
ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލަން ޖެހޭ ކަމަށް ނިމުނު ރިޔާސީ އިންތިހާބުގައި އަމިއްލަ ޕާޓީ، އެމްއެންޕީގެ ފަރާތުން ފުރަތަމަ ބުރުގައި ވާދަކުރައްވައި، ދަށް ނަތީޖާ އެއް - 1،907 ވޯޓު ލިބުނު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް މުހައްމަދު ނަޒީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު ކަމަށް ބުނެ، ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުން ވަކިކޮށް ހައްޔަރު ކުރި، ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަތަނީ ލީޑަރުން އިސްކުރާނީ އެންމެ ފުރަތަމަ ގައުމު ކަމަށެވެ. ވެރިކަންކޮށް ފެއިލްވެފައި ތިބި ލީޑަރުން ވެެރިކަމަށް ފައިނެގުން ހުއްޓާލާ އާ ބަޔަކަށް ގައުމުގެ ހައްގުގައި ފުުރުސަތު ދޭން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ތާ އަބަދަށް ވެރިކަން ކުރުމުގެ ހުވަފެނުން މިންޖުވެ ވެރިކަމުގަ ބަގުޑިބެއްދުން ހުއްޓަން ޖެހޭ." ދަނގެތި ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާ ނާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ސަރުކާރާއެކު މަސައްކަތް ކުރުމަށް އަހުދު ވެފައިވާ އެމްއެންޕީގެ ރައީސް ނާޒިމް މިފަދައިން ވިދާޅުވެފައި ވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާއި މެދު ހިތްހަމަޖެހިވަޑައިނުގެން ކުރީގެ ރައީސް ޔާމީން ޕީޕީއެމުން ރޭ ވަނީ ވަކިވެވަޑައިގެންފަ އެވެ. އަދި ޕީޕީއެމްއިން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް ހެއްދެވުމަށް މަސައްކަތް މިހާރު ވަނީ ފައްޓަވައިފަ އެވެ.

ޔާމީންގެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު އެދެން ވަނީ ނިންމައިފަ އެވެ.

ޔާމީން ޕީޕީއެމް ދޫކޮށްލުމާ ގުޅިގެން ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ހޯއްދަވައިދެއްވި އެވެ. އެކަމަކު، ޔާމީން އަދިވެސް މުޅިން މިނިވަނެއް ނުވެ އެވެ. އެ މަނިކުފާނު މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް