ads
ހިޔާ ޓަވަރުތަކެއް: ފުރަތަމަ ޓަވަރަށް ކަރަންޓު ދޭން ބޭނުންކުރާ ސަބްސްޓޭޝަނުގެ ސްވިޗްގިއަ ބަދަލުކުރާތީ އެ ޓަވަރުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް - ފޮޓޯ:މިހާރު
ހިޔާ ޓަވަރު 1 ގެ ސްވިޗްގިއަ ބަދަލުކުރާތީ މާދަމާ ކަރަންޓު ކެނޑިދާނެ
އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގައި ތަރައްގީކޮށްފައިވާ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަނުގެ ސްވިޗްގިއަ ބަދަލުކުރުމުގެ މަސައްކަތް މާދަމާ ކުރުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތް ކުރިއަށްދާ ވަގުތު އެ ޓަވަރުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) މިރޭ ވިދާޅުވީ ހިޔާގެ ފުރަތަމަ ޓަވަރަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސަބްސްޓޭޝަނުގެ ސްވިޗްގިއައަށް މީގެ ކުރިން ދިމާވި މައްސަލަ ހައްލު ކުރުމަށް ވަގުތީގޮތުން އެ ކުންފުނިން ބެހެއްޓި ސްވިޗްގިއަގެ ބަދަލުގައި އާބަންކޯއިން އާ ސްވިޗްގިއައެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ސްވިޗްގިއަ ބަދަލުކުރުމުގެ މަސައްކަތް މާދަމައަށް ތާވަލުކުރެވިފައިވާތީ ހިޔާގެ ފުރަތަމަ ޓަވަރުން ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ހިޔާގެ ޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅަމުން އަންނަ ރިންގު ނެޓްވޯކުގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރަމުން އައި ނަމަވެސް ހިޔާގެ ދެން ހުރި ޓަވަރުތަކަށް ކަރަންޓު ދެވޭ ގޮތަށް ކޭބަލްތައް އެޅިފައިވާތީ މާދަމާ ކަރަންޓުގެ ހިދުމަތް މެދުކެނޑޭނީ ހަމައެކަނި ޓަވަރު އެކަކުން ކަމަށެވެ. 

ކަރަންޓު ކެނޑުމުގެ ސަބަބުން އެ ޓަވަރުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯގެ ފަރާތުން އަހުމަދު މުހައްމަދު ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް