ads
ޕީޕީއެމް އޮފީސް
ޕީޕއެމް އޮފީސް ހުސްކުރަން ކުއްލިއަކަށް އަންގައިފި
ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ހުސްކުރަން އެ އިމާރާތުގެ ވެރިފަރާތުން އެ ޕާޓީ އަށް އަންގައިފި އެވެ.

ޕީޕީއެމްގެ އޮފީސް އިމާރާތް ހުންނަނީ ބޮޑު ތަކުރުފާނު މަގުގައި، ރައީސް ޔާމީންގެ ގެކޮޅު ކައިރީ ހުންނަ ހ. ހުރަފާ ގޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހ. ހުރަފާގޭގައި ހުންނަ ޕީޕީއެމްގެ އޮފީސް އިމާރާތް ހުސްކުރަން ޕީޕީއެމަށް އެންގީ އެ ތަން ކުއްޔަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް ވާއިރު، ޔާމީންގެ އޮފީހެއް ހިންގަން އެ މަނިކުފާނު ބޭނުންފުޅުވާތީއެވެ. 

ރައީސް ޔާމީން މިހާރު ގެންދަވަނީ ޕީޕީއެމުން ވަކިވެ އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީޕީއެމްގެ އޮފީސް އިމާރާތް ހުސް ކުރަން އަންގާފައިވާއިރު، މިރޭ އެ ޕާޓީގެ ސެނެޓުގެ ކުއްލި ބައްދަލުވުމެއް އޮފީހުގައި ބޭއްވުމަށްވަނީ ނޯޓިސް ފޮނުވާފައެވެ. އެހެންނަމަވެސް މިހާރު އެ ބައްދަލުވުން އެހެން ތަނެއްގައި ބާއްވަންވަނީ ނިންމާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް