ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ އަންގާރަ ދުވަހު އައްޔަންކުރައްވާފައިވާ މުންއިމް އަނީސް، މަގާމުން ވަކިކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއީ މުންއިމް މަގާމަށް އައްޔަން ކުރިތާ ތިންވަނަ ދުވަހެވެ.
މުންއިމް މަގާމުން ވަކިކުރައްވާފައިވާކަން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ "ސީއެންއެމް" އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އެހެންނަމަވެސް، މުންއިމް މަގާމުން ވަކިކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
އައްޔަން ކުރިތާ ތިން ދުވަސް ނުވަނީސް މުންއިމް މަގާމުން ވަކިކުރިއިރު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރި، ކުރީގެ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްވެސް ވަނީ އައްޔަން ކުރިތާ ތިން ދުވަހުގެ ތެރޭގައި މަގާމުން ވަކިކޮށްފަ އެވެ.