ads
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރު
ކޮންމެ ހާލަތެއްގައިވެސް ހިދުމަތް ދެވޭ ގޮތަށް އެސްޓީއޯގެ މަސައްކަތު ގަޑިތަށް ރާވައިފި
ގައުމު ކޮންމެ ހާލަތަކަށް ދިޔަކަމުގައި ވިއަސް އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ބަދަލުގެނައުމަށް ރާވައިފި އެވެ.
Advertisement

އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ، ހުސެން އަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެސްޓީއޯއަކީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ފޯރުކޯށްދޭ މައި ކުންފުނިކަމުން އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްނުދީ ބަންދުކުރެވެން ނެތްކަމުގައެވެ. އެހެންކަމުން ހުއްޓުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަށް ރޭވިފައިވާކަމަށާއި ޓޯޓަލް ލޮކްޑައުނަކަށް ގޮސްފިނަމަ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތައް ދެނެގަނު މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފިނަމަ ކުރިމަތިވާނެ ކަންތައްތައް ދެނެގަތުމުގެ ގޮތުން މިއަދު ޑްރިލްއެއް ކުރިއަށް ދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ، އަދި ބަދަލުގެނެވިފައިވަނީ ޑްރިލް ކުރިއަށް ގެންދިއުމަށްޓަކައި މިއަދުގެ މަސައްކަތްތައް ކުރިއަށް ދާނެ ގަޑިތަކަށް ކަމުގައެވެ.

މީގެ އިތުރުން، އެމްޑީ ވަނީ ހުރިހާ މުވައްޒަފުން އެއްކޮށް ނުކުމެ މަސައްކަތް ކުރަނިކޮށް، އެންމެ މުވައްޒަފަކު ބަލިވިނަމަވެސް ހުރިހާ މުވައްޒަފުން ކަރަންޓީނު ވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ކަންތައް ދިމާވާ ހާލަތުގައިވެސް އެސްޓީއޯގެ ހިދުމަތްތަކަށް ބުރުނާރާނެ ގޮތަކަށް އެސްޓީއޯގެ ގުދަންތަކުން ކާޑު ވިއްކުމާއި، ހޯމް އިމްޕްރޫވްމެންޓް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނަސް، ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ރާވާފައިވާކަމަށެވެ.

މިއަދު އެސްޓީއޯގެ ހިދުމަތްތައް ލިބިގެންދާނެ ގަޑިތަކަކީ:

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްސް، ހެނދުނު 8:00 އިން ހަވީރި 04:00 އަށް 

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 10:00 އަށް

އެސްޓީއޯ އިން ވަނީ  ޕޭމަންޓް އަދި އިންވޮއިސްތަކަށް ފައިސާ އެސްޓީއޯ ބީއެމްއެލް އެކައުންޓް ނަމްބަރު 7701100471014 އަށް ޖަމާކުރުމަށާއި ޕޭމަންޓްގެ ތަފްސީލް އީމެއިލް [email protected] ކުރުމަށް ބުނެފައެވެ.

އެސްޓީއޯއިން ވަނީ އެކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ މުވައްޒަފުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖެއްސުން ކަމަށް ބުނެފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް