ads
މާޒިޔާ ކުޅުންތެރިން މިއަދު ބަންގްލަދޭޝްގައި
އޭއެފްސީ ކަޕް: މޮޅުވިޔަސް އުއްމީދެއް ނެތް މެޗަކަށް މާޒިޔާ ބަންގްލަދޭޝްއަށް
އޭއެފްސީ ކަޕުގައި، މޮޅުވިޔަސް އަމިއްލަ ބާރެއް ނެތް މެޗަކަށް މާޒިޔާ ބަންގްލަދޭޝްއަށް ހިނގައްޖެއެވެ.

އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގައި މާޒިޔާ އަންނަ ހޯމަ ދުވަހު ކުޅޭނީ، އެ ގަައުމުގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ މޮޅުވިޔަސް، އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތެއް ނެތެވެ. މާޒިޔާއިންވަނީ މާލޭގައި ބަޝަންދުރާ ކިންގްސް ބަލިކޮށްފައެވެ. 

އޭއެފްސީ ކަޕް ކެމްޕެއިނުގައި މިއަހަރުގެ ފުރަތަމަ މެޗުގައި މާޒިޔާއިން މޮޅަކުން ފަށާފައިވީނަމަވެސް ދެން ޖެހިގެން ކުޅުނު ތިން މެޗުންވެސް ބަލިވެ އަމިއްލަ ބާރުވަނީ ގެއްލިފައެވެ. ބަޝަންދުރާ ކިންގްސްވަނީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗުގައި އިންޑިޔާގެ މޯހަން ބަގާން ބަލިކޮށްފައެވެ. 

މާޒިޔާއަށް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ދޮރުވަނީ ގާތްގަނޑަކަށް ބަންދު ވެފައެވެ. ހޯމަ ދުވަހު މާޒިޔާ މޮޅުވިޔަސް، އެ ގްރޫޕުގެ އަނެއް މެޗުން އޮޑިއްޝާ އަތުން މޯހަން ބަގާން މޮޅުވެއްޖެއްޔާ މާޒިޔާއަށް ދެވަނަ ބުރުގެ ހަނި މެތަމެޓިކަލް ފުރުސަތުވެސް ބަންދުވާނެއެވެ. 

މާޒިޔާއާ ބަޝަންދުރާ ކިންގްސް ކުޅޭ މެޗަށް މާޒިޔާ މިހާރު އެ ގަައުމަށް ގޮސް ފަރިތަކުރުންތައް ފަށާފައިވާއިރު، މެޗު އޮންނާނީ ހޯމަ ދުވަހު ހަވީރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް