ޑރ. މުއިއްޒު، ރައީސް ޔާމީން "ސީން ޒޯން" ކޮށްލެއްވުން، ނުވަތަ މެސެޖު ބައްލަވައި ރިޕްލައި ނުކުރެއްވިކަން ސޯޝަލް މީޑިއާގައި ހާމަ ކުރެއްވީ މިރޭ ޑރ. ޖަމީލްއެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ފޯން ކޯލްތަކަށް ކޮންގްރެސް ޕާޓީ / ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ، ޖަމީލް އަހުމަދު ހެއްދެވީ އިތުރުފުޅެއް ކަމަށް އަބްދުއްރަހީމް މިއަދު ވިދާޅުވެފައި ވުމުންނެވެ.
ޑރ. މުއިއްޒުއާ، ރައީސް ޔާމީންގެ ގުޅުން ގޯސްވެ، ޔާމީން މިހާރުވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައެވެ.
މިރޭ ޖަމީލް އެކްސްގައި ވިދާޅުވީ މިދިއަ އޮކްޓޫބަރު ދެވަނަ ދުވަހު ގެ ރޭ 9:43 ގައި ރައީސް ޔާމީން ރައީސް މުއިއްޒުއަށް "މުއިއްޒު ޕްލީޒް ކޯލް މީ" ޖައްސަވާ ފޮނުވި މެސެޖް ރައީސް މުއިއްޒު ބައްލަވާ މިއަދާ ހަމައަށް ވެސް ޖަވާބެއް ނުދެއްވާ. ކަމަށާއި އެ މެސެޖް އެބައޮތް ކަމަށެވެ.