ads
އަދުރޭ މަހިބަދޫގައި ވާހަކަ ދައްކަވަނީ---ފޮޓޯ:ޕީޕީއެމް
ޑރ. ޖަމީލުގެ މައްސަލައަކީ ވެރިކަމަށް އަންނަން ކުރި އުންމީދު ގެއްލުން: އަދުރޭ
ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްސަލައަކީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވެރިކަމަށް އައުމަށް ކުރި އުންމީދު ގެއްލުންކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިސަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
Advertisement

މިރޭ "ސަންގު ޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ރައީސް ޔާމީނަށް މިހާތަނަށް ސިޔާސީ ގޮތުން ކުރިމަތިވި ހުރިހާ ކަމެއްގައި "މޭ އައްޑަނައަކަށް ދިއްކޮށްގެން" ނިކުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އަދުރޭ ވިދާޅުވީ މަސައްކަތް ކުރައްވަނީ އަބަދު ބަޔަކު ސަނާ ކިޔާނެކަމަކަށް ބަލައިގެން ނޫންކަމަށާއި އަބަދުވެސް ތައުރީފަށްވުރެ ބޮޑަށް އޮންނާނީ ފާޑުކިޔުން ކަމަށެވެ.

ޖަމީލު އާއި މަލީހު ކިތަންމެ ކޯފާވިޔަސް މިއަދު ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ސީނިއާ މިނިސްޓަރެއްގެ ރޭންކުގައި އައްޔަނު ކުރެއްވުމަކީ އިހްލާސްތެރިކަމާއި ތެދުވެރިކަން ދައްކުވައިދޭ ދަލީލެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.  

އިންތިހާބުގެ ކުރިން ޑރ. މުއިއްޒު ހުންނެވީ ރައީސް ޔާމީނަށް ކުރިމަތިލެވޭ ހާލަތެއްގައި ފަހަތައް ޖެހިވަޑައިގަންނަވަން ތައްޔާރަށް ކަމަށްއ އަދުރޭ ވިދާޅުވި އެވެ.

"މައްސަލައަކަށް ވެގެން މިއުޅެނީ ޑރ. ޖަމީލު އާއި ޑޮކްޓަރު.. ޑޮކްޓަރު ޖަމީލާއި މަލީހު އާއި ދެބޭފުޅުންނަށް އެބޭފުޅުން ބޭނުންވާގޮތަކަށް ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާގެން. ނުވަތަ ޑރ. ޖަމީލު ރާއްޖޭގެ ވެރިކަމަށް މިފަހަރު ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރި އުންމީދު ގެއްލިގެން ދިޔައީމަ. އެއީ ހަގީގަތުގައި މިޖެހިގެން އުޅޭ މައްސަަލައަކީ." ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދުރޭ ވިދާޅުވި އެވެ.

 ފޯމު ލާން އޮތް ދުވަހު ހެނދުނު ވެސް ޑރ. ޖަމީލު ރައީސް ޔާމީނުއަށް ދަންނަވައިގެން ޓިިކެޓް ހޯއްދަވަން މަސައްކަތް ކުރެއްވި ކަމަށާއި ޑރ. ޖަމީލު ރުޅި އަންނަނީ އެ ފުރުސަތު ގެއްލުވާލުމުގައި މެދުވެރިއަކަށް ވާތީކަމަށް ގަބޫލްކުރައްވައިގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑާއި ޖަމީލާއި ދެމީހުންނަނީ އެކަކާއި ހިތާވީ ބައެއް ނޫން. އެއް ރަށަކަށް ނިސްބަތްވާ ބައެއް ނޫން. އެއް މަގާމަކަށް ވާދަކުރިބައެއް ނޫން. އެކީގައި ވިޔަފާރިކުރާ ބައެއް ނޫން. ދެން ކީއްވެގެންތޯ އަޅުގަނޑު ދެކެ އެހާ ކޯފާވާންވީ.؟" އަދުރޭ ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް