ads
މިރޭ ކުރިއަށްދިޔަ ސެނެޓު ބައްދަލުވުމުގައި ޕީޕީއެމް އިން ވަނީ ޕީއެންސީއާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފަ-
މަޖިލިސް އިންތިހާބުގައި ޕީޕީއެމް-ޕީއެންސީ އެކުގައި ވާދަކުރަން ނިންމައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ޕީއެންސީ އާއެކު ވާދަކުރުމަށް ޕީޕީއެމް ސެެނެޓުން ނިންމައިފި އެވެ.

މިރޭ ބޭއްވި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ޕީޕީއެމް-ޕީއެންސީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ސެނެޓް އިން ވަނީ ފާސްކޮށްފަ އެވެ. 

ޕީޕީއެމް އިން ބުނީ އެކަމާއި ގުޅިގެން ދެންހުރި ކަންކަން ނިންމާނީ ދެޕާޓީގެ ޖޮއިންޓް ސެނެޓުން ކަމަށެވެ. 

މަޖިލިސް އިންތިހާބުގައި އެކުގައި ވާދަކުރުމުގެ އިތުރުން ސެކްރެޓަރީ ޖެނަރަލް ކަނޑައެޅުގެ ބާރު ލީޑާޝިޕަށް ދިނުމަށް ޕީޕީއެމްގެ ސެނެޓުން މިރޭ ވަނީ ނިންމާފައެވެ.

މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން ފަހުން އެޕާޓީން ބޭއްވި ފުރަތަމަ ސެނެޓު ބައްދަލުވުމެވެ.

ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީން އަންނަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

އެގޮތުން މިރޭ އެ ޕާޓީގެ ނަމާއި ލޯގޯ އާންމުކޮށްފައިވާއިރު ޕާޓީ އުފެއްދުމަށް އާދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވެވެ.

ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވި ނަމަވެސް އެ ޕާޓީއަށް ނިސްބަތްވާ ސަރުކާރުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ ރައީސް ޑރ. މުއިއްޒު އާއެކީ ތިއްބެވިކަން ހާމަކުރައްވާފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް