ads
އެންމެ މޮޅު ނޫސްވެރިޔާގެ އިނާމާ ނާއިފް ހަވާލުވަނީ -- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ނާއިފަށް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިއަކަށް "ދައުރު" ނޫހުގެ އަހުމަދު ނާއިފް ހޮވިއްޖެ އެވެ.

އެ މަގާމު ހާސިލުކޮށްފައި ވަނީ "މިހާރު" ނޫހުގެ އާސިމާ ނިޒާރު އާއި "ރާއްޖެ ޓީވީ" ގެ ލައިޝާ އަހުމަދު އާ ވާދަކޮށްގެންނެވެ. އެންމެ މޮޅު ނޫސްވެރިޔާގެ މަގާމުގެ އިތުރުން ނާއިފް ވަނީ ވިޔަފާރި އާއި އިގުތިސާދީ ދާއިރާއިން ވެސް އެވޯޑު ހާސިލު ކޮށްފަ އެވެ.

އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރުފުވެރި މެހެމާނު، ނައިބު ރައީސް، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އެވެ.

އިސްލާމިކް ޔުނިވަސިޓީގައި ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ނާއިފްއަށް ވަނީ، އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑްގެ އިތުރުން، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ވެސް އެވޯޑު ލިބިފަ އެވެ.

އޭނާ މި އެވޯޑު ހޯދީ "ސޮވަރިން ފަންޑް މިހެން ހުލިވާން ދޫކޮށް ނުލާމި މައުލޫއުގެ މައްޗަށް ލިޔުއްވި ރިޕޯޓަކަށެވެ. މި އެވޯޑަށް އޭނާ ފިޔަވައި އިތުރު ނޫސްވެރިއަކު ނޮމިނޭޓްވެފައެއް ނުވެ އެވެ.  

ނާއިފް ނޫސްވެރިކަމުގެ ދާއިރާއަށް ތައާރަފުވީ 2010 ވަނަ އަހަރު ސަން އޮންލައިނުންނެވެ. އޭނާ ވަނީ ހަވީރު ނޫހާއި އަވަސް ނޫހުގައި ވެސް މަސައްކަތްކޮށްފައެވެ. ނާއިފް އަކީ މިހާރު ދައުރު ނޫހުގެ ސީނިއަ އެސޯސިއޭޓު އެޑިޓަރެވެ.

ނާއިފްއަކީ ވިޔަފާރިއާއި އިގުތިސާދީ ދާއިރާއަށް ހާއްސަ ނޫސްވެރިއެކެވެ. ނަމަވެސް އޭނާ ތަފާތު އެހެން ދާއިރާތަކުން ވެސް ލިޔެ އެވެ.

މި އަހަރުގެ ނޫސްވެރިންގެ އެވޯޑްގައި ބްރޮޑްކާސްޓިން ދާއިރާ އިން އެކަށީގެންވާ މާކްސް ލިބިފައިނުވާތީ އެއްވެސް އިނާމެއް ދީފައެއް ނުވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް