ads
ރައީސް ޑރ. މުއިއްޒާ އެކު ނާޒިމް: ވިދާޅުވީ މުއިއްޒުގެ ސަރުކާރާ އެކު އެމްއެންޕީން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް
ސަރުކާރާ އެކު އެމްއެންޕީން ސާބިތުވެ ދެމި އޮންނާނެ: ނާޒިމް
ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ގައުމުގެ ވެރިކަމަށް އިންތިހާބުކުރި ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު އެމްއެންޕީން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުޖާލާ ޒަމާނަކަށް ދިވެހި ރައްޔިތުންގެ ފުރިހަމަ ތާއީދާ އެކު ގައުމުގެ ވެރިކަމަށް އިންތިހާބު ވެވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު އެމްއެންޕީގެ ހުރިހާ މެންބަރުންނާއި އޭނާ ސާބިތު ކަމާ އެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ހެވާލާބައަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ތަރައްގީގެ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދެއްވުމުގައި ދެމިތިއްބެވުމެވެ،" - އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް

ނާޒިމް ވަނީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާއަށް ވާދަކުރައްވާ މެންބަރުކަމަށް ހޮވިވަޑައިގަތުމަށްފަހު ނާޒިމް ވަނީ އެ ޕާޓީ ދޫކުރައްވާ އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވި ނާޒިމަށް ފުރަތަމަ ބުރުގައި ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އާއެކު، ދެވަނަ ބުރުގައި ވާދަކުރެއްވި ޑރ. މުއިއްޒަށް ތާއީދު ކުރުމަށް އެ ޕާޓީން ނިންމި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް