ads
އަހްމަދު އަދީބު
އަދީބު ވަޑައިގެންނެވީ އުމްރާއަށް، ދެން ދިރިއުޅުއްވާނީ ސިންގަޕޫރުގައި
އަދަބު ލުއިކޮށްދެއްވައި މިނިވަންކޮށްދެއްވުމުން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވަޑައިގެންނެވީ އުމްރާއަށް ކަމަށާއި ދެން ދިރިއުޅުއްވާނީ ސިންގަޕޫރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
Advertisement

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާއެކު އެ ދެ ބޭފުޅުން މިނިވަންވުމުން އަދީބް ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވިއެވެ.

އަދީބު ވަޑައިގެންނެވީ ކޮންތާކަށް ކަމެއް މިހާތަނަށް ސާފުވެފައި ނެތް ނަމަވެސް މިއަދު މައުލޫމާތު ލިބުނު ގޮތުގައި އަދީބު ވަޑައިގެންނެވީ އުމްރާއަށެވެ. އުމްރާގެ އަޅުކަމަށް ފަހު އަދީބުގެ ދިރިއުޅުން ސިންގަޕޫރަށް ބަދަލުކުރައްވާފައިވާ ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ. މިކަމުގައި އަދީބުގެ ބަހެއް ލިބިފައެއް ނުވެއެވެ.

އަދީބް ރާއްޖެ ފުރާވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދީބް ރާއްޖެ ދޫކޮށް ވަޑައިގެންފައި މިވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަދީބަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމަށް ލުއި ދިނުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް