ads
ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރެއްވި މައްސަލަ ކަރެކްޝަންސް އިން ބަލަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރުތުތަކާއެކު ދޫކޮށްފަވަނިކޮށް ސިޔާސީ މަސައްކަތް ކުރެއްވި މައްސަލަ ބަލަމުން އަންނަކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.

ސިޔާސީ ހަރާކާތްތަކުގައި ބައިވެރި ނުވުމަށް އިންޒާރުކޮށްފައިވަނިކޮށް، ގޭބަންދެއްގައި މިވަގުތު ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނު އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް (ޕީއެންއެފް)ގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވަޑައިގަންނަވާ ފޮޓޯ ސޯޝަލް މީޑިއާގައި މިރޭ ވަނީ އާންމުވެފައެވެ.

އެކަމާއި ގުޅިގެން ކަރެކްޝަންސް އިން މިރޭ ބުނީ ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މައްސަަލައެއް ބަލަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ބަންދުން ދޫކޮށްލި ޝަރުތުތަކާއެކުގައި ކަމަށް ވާތީ އެ ޝަރުތުތަކާ ހިލާފުވެފައިވާނަމަ އޮންނަ އުސޫލުގެ ތެރެެއިން ފިޔަވަޅު އަޅާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މިރޭ ރައީސް ޔާމީން ޕީއެންއެފްގެ އޮފީހަށް ވަޑައިގެން އުޅުއްވާ ފޮޓޯއެއް އެޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ "އެކްސް"ގައި ހިއްސާކޮށްފަ އެވެ.

ޕީއެންއެފް އޮފީހުގައި މިވަގުތު ޔާމީން އިންނެވި ކަމަށް ބުނެ މަލީހު ކޮށްފައިވާ އެ ޕޯސްޓުން ފެންނަ ގޮތުން ޔާމީން އާއެކު އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވެސް އިންނެވި އެވެ.

މިރޭ ޕީއެންއެފް އޮފީހުގައި ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއާއި ގުޅެން ބޭނުންވާ ފަރާތްތަކުގެ ފޯމު ފުރުމުގެ ކަންކަން ކުރިއަށްދާކަން މަލީހު ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ.

ވ. އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގޭބަންދަށް ދޫކޮށްލެއްވީ ސަރުކާރު ބަދަލުވުމާއެކު މިދިޔަ މަހުގެ 1ވަނަ ދުވަހު އެވެ. ގޭބަންދަން ދޫކޮށްލާފައި ހުންނަވަނިކޮށް ޕީޕީއެމްގެ އޮފީހަށް ވަޑައިގެން އެ ޕާޓީގެ ސިޔާސީ ހަރާކްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންދާތީ މި މަސްތެރޭ ކަރެކްޝަންސް އިން ވަނީ އެކަން ތަކުރާރު ކުރާނަމަ، ގޭބަންދަށް ދިން ލުއި އުވާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.  

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް