
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ
ގައުމުން ބޭރަށް ނުގޮސް ކައިވެނިކުރަން މޯދީ އެދިވަޑައިގެންފި
އައިޝަތު ނޫރާ
27 ނޮވެންބަރ 2023 - 08:29:27
އިންޑިއާ ރައްޔިތުން ކައިވެނިކުރަން ބޭރު ގައުމުތަކަށް ގޮސް ނުހެދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގެންފިއެވެ.
މޯދީ މިގޮތަށް އެދިވަޑައިގެންފައިވަނީ އިންޑިއާގެ ބައެއް މީހުން ބޮޑެތި އަދަދުތަކުން ކައިވެނިކުރުމަށް ބޭރު ގައުމުތަކަށް ގޮސް ހަރަދު ކުރާތީއެވެ.
ރޭޑިއޯ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މޯދީ ވިދާޅުވީ އިންޑިއާއިން ބޭރުގައި ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުކުރުން ބުއްދިވެރި ނޫންކަމަށެވެ.
"އިންޑިއާގައި މިފަދަ ހަފްލާ ބާއްވާނަމަ އެ ފައިސާ އެނބުރޭނީ އިންޑިއާގެ ތެރޭގައި މި ފައިސާ ދައުރު ކުރާނަމަ މިކަމުގެ ފައިދާ އިންޑިއާއާށް ވާނެ،" މޯދީ ވިދާޅިއެވެ.
މިގޮތުން މޯދީ ވިދާޅުވީ، ކައިވެންޏަށް ބޭނުންވާ ވިޔަފާރިވެސް އިންޑިއާއިން ކުރުމަށް އެދިލައްވާކަމަށެވެ.
33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް