މިގޮތުން ސައިބީރިޔާގެ ޒުވާން ފިރިހެނަކު ހަތިޔާރު ގެންގުޅުމާ، ހަތިޔާރުން މީހުންނަށް ބުރު ދެއްކުމުގެ ކުށުގައި ހައްޔަރުކޮށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ޖަލަށް ލާން ދެކޮޅު ހަދާފައެވެ.
ކޯޓުން އެނާ ޖަލަށް ލާން ދެކޮޅު ހެދި ސަބަބުތަކުގެ ތެރޭގައި އެމީހާ ބުޅަލެއް ގެންގުޅޭތީ އެ ބުޅާ ބަލަހައްޓަން ޖެހޭކަމަށް ވަނީ ކޯޓު ރިޕޯޓުގައި ބުނެފައެވެ.
އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމަށްފަހު ކޯޓުން ވަނީ ޖަލުހުކުމް ސަސްޕެންޑުކޮށްފައެވެ.
މި ހުކުމަށް ސައިބީރިޔާގެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ބުޅާ ގެންގުޅުމަކީ ބޮޑެތި ކުށްވެރިންނަށް ލުއިލިބޭނެ ކަމެއްކަމަށް ބުނެ އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.