ads
ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ
މާލޭގެ މޭޔަރު ހޮވުން ޖެނުއަރީ 13 ގައި
މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައިވާތި އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން ޖެނުއަރީ މަހުގެ 13 ގައި ބާއްވަން ނިންމައިފި އެވެ.
Advertisement

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް މާދަމާ އިން ފެށިގެން އަންނަ މަހު 13 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރ 28 އިން ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެކަމަށް ހަބީބު ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހް ވާދަކުރައްވާނެކަން ހާމަކުރައްވާފައިވެ އެވެ. 

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު 17 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް މުއިއްޒުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ އިތުުރު ތިން މެންބަރަކު ވެސް ވަނީ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުންނަކީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރާއި މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް