ads
ކޮވިޑް-19: ނަރުހުންނާއި ޑޮކްޓަރުންގެ ސަލާމަތާއި މެދު ވިސްނަންޖެހޭ: ޑަބްލިއުއެޗްއޯ
ކޮވިޑް-19 ގެ ސަބަބުން ނަރުހުންނާއި ޑޮކްޓަރުންގެ ސިއްހަތާއި ސަލާމަތައް ކުރާނެ އަސަރާއި މެދު ވިސްނަން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

ހޯމަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޖެނީވާ ހެޑްކުއާޓާސް ގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ވާހާކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް އާދަނޯމް ގެބްރެޔޭސަސް ވަނީ ނަރުހުންނާއި ޑޮކްޓަރުން މި ބަލިން މީހުން ސަލާމަތް ކޮއްދިނުމަށް ކުރަމުން އަންނަ ބުރަ މަސައްކަތަށް އަލި އަޅުވާލާފައެވެ.

ރެއާއި ދުވާލު ސިއްހީ ދާއިރާގެ މީހުން، މި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރުއަދާ ކުރާކަމަށް ވިދާޅުވި އެވެ. މިގޮތުން ބަލި މީހުން ބަލަހައްޓަމުން ދާއިރުގައި، މިޑޮކްޓަރުންނާއި ނަރުހުންނަށް އެކަށީގެންވާ ކަހަލަ ސަލާމަތީ ސާމާނު ފޯރުކޮއްދިނުމަކީ ކޮށްދޭންޖެހޭ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ

ޑރ. ޓެޑްރޯސް ވިދާޅުވިގޮތުގައި ސަރުކާރުތަކުގެ ގްރޫޕް ތަކަކާއި ސެންޓްރަލް ބޭންކް ލީޑަރުން ތަކެއް ނިސްބަތްވާ ޖަމާއަތެއް ކަމަށްވާ ޖީޓޫއޯ އަށް ވާނީ ޑޮކްޓަރުންނާއި ނަރުހުންނަށް ސަލާމަތީ ސާމާނު ފޯރުކޮއްދިނުމަށް ގޯވާލާފައި ކަމުގައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުން ގެ ސިއްހަތު ސަލާމަތް ކޮއްދެވޭނެ ސާމާނުތައް ބޭރުކުރުން މަނާކުރުން ހުއްޓުމަށް ގޮވާލާފައިވާ ކަމަށްވެސް ޓެޑްރޯސް ވިދާޅުވެފައިވެއެވެ. 

ސައްބީސް މިލިއަނަށް ވުރެ ގިނަ ސިއްހީ ވޯކަރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ބަލިމީހުންނަށް ފަރުވާދޭނެ ކަމަށް ދުނިޔޭގެ ސިއްހީ މާހިރުން ވަނީ ލަފާކޮށްފައެވެ. މިގޮތުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ސަލާމަތްކަންމަތީ ބޭތިއްބުމަކީ މުހިންމު ކަމެއްކަމަށް ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ބަލި ވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން ސިއްހަތު ރަނގަޅުގޮތުގައި ބެހެއްޓުމަކީ މުހިންމު ކަމެއްކަމުގައިވެސް ޑރ. ޓެޑްރޯސް ވަނީ ވިދާޅުވެފައެވެ.

ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ސަޕްލަޔަރުން ކައިރީ މި ބައްޔަށް ބޮޑަށް އަސަރު ކޮށްފައިވާ ގައުމުތަކަށް ތަކެތި ފޯރުކުރުން އިސްކުރުމަށް ގޮވާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް