ads
ކެބިނެޓްގެ ބައެއް ވަޒީރު
ކެބިނެޓްގެ ދެ ވަޒީރެއް އަތުގައި ބޭރުގެ ޕާސްޕޯޓް
އާ ސަރުކާރުގެ ދެ ވަޒީރެއްގެ އަތްޕުޅުގައި ބޭރުގެ ޕާސްޕޯޓް އޮތްކަން އެނގިއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންވަނާ 23 ވަޒީރުންގެ ތެރެއިން ބޭރުގެ ޕާސްޕޯޓް އޮތީ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރުގެ އަތްޕުޅުގައިކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ދެ ބޭފުޅުންވެސް ބޭރުގެ ޕާސްޕޯޓް ދޫކޮށްލައްވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މާރިޔާ އަތްޕުޅުގައި އޮތީ ނިއުޒީލެންޑްގެ ޕާސްޕޯޓެވެ. އަދި ޑރ. ހައިދަރު އަތްޕުޅުގައި އޮތީ ޔޫކޭ ޕާސްޕޯޓެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން، އެއްވެސް ވަޒީރެއްގެ އަތުގައި ބޭރު ގައުމެއްގެ ޕާސްޕޯޓު އޮތްތޯ ބެލުމަށް ރައީސް އޮފީހުގައި އެދުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ނިންމާފަ އެވެ. ބޭރުގެ ޕާސްޕޯޓު އޮތް ދެ ވަޒީރުންނަކީވެސް ގިނަ ދުވަސްތަކެއް ވަންދެން އެ ގައުމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެއް ދިރިއުޅުއްވި ދެ ބޭފުޅުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް