ads
ހދ. އިސް މެޖިސްޓްރޭޓް އަލީ އާދަމް
ޖަވާބުދާރީވާން އިތުރު ވަގުތު އަލީ އާދަމް ބޭނުންވޭ
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ، އަދި ސަސްޕެންޑްކޮށްފައި ހުރި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓޭޓް އަލީ އާދަމަށް ކުރެވިފައިވާ ތުހުމަތު ތަކާ ގުޅިގއެން ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް އަލީ އާދަމް މަޖިލީހަށް އަންގައިފިއެވެ.
Advertisement

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތަށް ވަކިކުރުމަށް ފޮނުވާފައިވާ، ހދ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމަށް ދިން ނޯޓިސް ހަމަވި ނަމަވެސް އޭނާވަނީ ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައި ވާތީ އެވެ.

އޭނާ ޑީމޯޓް ކުރަންވެސް ފަހުން އެހެން މައްސަލައެއްގައި ޖޭއެސްސީން ނިންމިއެވެ. އެހެން ނަމަވެސް އޭނާ މިހާރު ވަނީ ސަސްޕެންޝަންގެ މުއްދަތު ހަމަވެ އޮފީހަށް ނުކުންނަވަން ފައްޓަވާފަ ވެ.

އަލީ އާދަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ސާބިތުވެ، އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީ އިން ވަނީ ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. 

ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވެސް މަޖިލީހަށް ލަފާ ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. މީގެ ތެރެއިން އެއް މައްސަލަ އަކީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް