ads
ރާއްޖޭގެ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު، -ފޮޓޯ އެމްއޭސީއެލް
އިމިގްރޭޝަނުން އަލުން އީގޭޓްގެ ހިދުމަތް ފަށައިފި
މޯލްޑިވްސް އިމިގްރޭޝަނުން "އީ-ގޭޓް"ގެ ހިދުމަތް އަލުން ފަށައިފި އެވެ.

އިމިގްރޭޝަނުން ބުނީ ދަތުރުކުރުމުގައި ވީހާ ވެސް ލުއި ފަސޭހަކޮށްދިނުމަށް މިއަދުން ފެށިގެން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް، ރާއްޖޭން ފުރާއިރު އާއި ރާއްޖެ އައުމަށް ފަހު ވެސް އީގޭޓްގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އީގޭޓެއް ގާއިމުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. "އީ-ގޭޓް"ގެ ހިދުމަތް މެދުކެނޑާލީ ކޮވިޑް-19ގެ ހާލަތާއެކު އެވެ. 

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ އަމާޒަކީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައިނަލްއަގުވާމީ ދަތުރުތައް ކުރާ ފަރާތްތަކަށް ދަތުރުކުރުމުގެ ފަސޭހަ ހިދުމަތްތައް ފުޅާކޮށްދިނުން ކަމަށެވެ.

އީ ގޭޓުގެ ހިދުމަތުގެ ހިދުމަތް އަލުން ފަށައިފައިވާއިރު، މީގެ ހަފުތާއެއް ކުރިން އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި ރާއްޖެ އަންނަ ދިވެހިންނަށް، ޓްރެވެލާ ޑިކްލެރޭޝަން ފޯމް ފުރަން ނުޖެހޭހެން އިންތިޒާމުތައް ހަަމަޖައްސައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް