ads
މޯހަން ބަގާން - އޮޑިޝާ މެޗެއްގެ ތެރެއިން
އޭއެފްސީ ކަޕް: މޯހަން ބަގާން ކަޓުވާލައި އޮޑިޝާއިން އުއްމީދު އާކޮށްފި
އޭއެފްސީ ކަޕުގައި މިރޭ މޯހަން ބަގާން މުބާރާތުން ކަޓުވާލައި އޮޑިޝާ އެފްސީން ދެވަނަ ބުރުގެ އުއްމީދު އާކޮށްފިއެވެ.

މުޅިން އަލަށް އޭއެފްސީ ކަޕުގައި ވާދަކުރާ އޮޑިޝާ އެފްސީން މިރޭ މޯހަން ބަގާންގެ މައްޗަށް ކުރި ހޯދީ، ފަސް ލަނޑު ދެ ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 

މި މެޗު ކުޅުނީ މޯހަން ބަގާންގެ ރަސްމީ ދަނޑު، ކަލްކަތަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. މި ނަތީޖާއާއެކު މޯހަން ބަގާންއަށް ދެވަނަ ބުރުގެ ހުރިހާ ފުރުސަތެއް ބަންދުވީއެވެ. 

މިރޭގެ މެޗުތަކާއެކު، އޭއެފްސީ ކަޕުގައި ގްރޫޕް ޑީގައި ދެން ކޮންމެ ޓީމަކަށްވެސް އޮންނާނީ އެއް މެޗެވެ. ކޮންމެ ޓީމަކަށްވެސް އެއް މެޗު ބާކީ އޮތް އިރު، މާޒިޔާ މާލޭގައި ކުޅޭނީ މޯހަން ބަގާންއާ ދެކޮޅަށެވެ. އަދި އޮޑިޝާ ކުޅޭނީ ފަހު މެޗުގައި ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައެވެ. 

ފަހު މެޗުތަކަށް ޓީމުތައް އަންނަ މަހު ނުކުންނައިރު، މާޒިޔާއަށް ގްރޫޕުގެ ފުލުން އެރޭނެ ގޮތެއް ނެތެވެ. އަނެއްކޮޅުން، އޮޑިޝާއާ ބަޝަންދުރާ ކިންގްސް ކުޅޭ މެޗުން މޮޅުވާ ބަޔަކަށް ގްރޫޕްގެ އެއްވަނަ ލިބޭނެއެވެ. އެ މެޗު އެއްވަރު ވެއްޖެނަމަ އެއްވަނަ ލިބޭނީ ބަޝަންދުރާ ކިންގްސްއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް