
މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރުގައިވަނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި އަމުރު މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. މައްސަލަ ހައިކޯޓަށް އަދި ބަލައިގެންފައެއް ނުވެއެވެ.
މި މައްސަލައިގައި ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހުޅުމާލޭ ކޯޓުގެ އަމުރުގައިވާ ގޮތުން ތަހުގީގު ނިމެންދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.
ފުލުހުން މީޑިއާތަކަށް ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ ފުލުހުންވަނީ ފާސްކޮށްފައެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.