އެ ބައްދަލުވުމަށް ފަހު ތުރުކީގެ ފަސްޓްލޭޑީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރަސްމީ ދަތުރުފުޅެއްގައި މިވަގުތ ތުރުކީގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަށް ތުރުކީއަށް ވަޑައިގަތީތީ އުފާކުރާކުރައްވާކަން ވިދާޅުވެފައެވެ.
އަދި ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަތައް އަމީނާ އުރުގާން ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން ތަޢުލީމާއި، ސަޤާފަތާއި، ތިމާވެށްޓާއި، ހުރިހާ ދާއިރާއަކުން އަންހެނުން ބާރުވެރިކުރުމާ ގުޅޭގޮތުން ކުރާ މަސައްކަތާއި، އާންމު ދާއިރާތަކާ ބެހޭގޮތުން ސާޖިދާއާއެކު ޚިޔާލު ބަދަލުކޮށްފަވާކަމަށް ވިދާޅުވި އެވެ.
"ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ބޭރަށް ކުރައްވާ ދަތުރުފުޅު ތުރުކީއަށް ކުރެއްވީތީ އަޅުގަނޑުގެ ހިތްހަމަޖެހުން ފާޅުކުރިން. އާ ދައުރަށް އަޅުގަނޑުމެންގެ ހެޔޮއެދުންތައް ފޯރުކޮށްދިނުމުން." އަމީނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދެކެވުނުކަމަށާއި އުންމީދަކީ؛ ވީހާވެސް އަވަހަކަށް އެސަރަހައްދުގައި ދާއިމީ އަދި ދެމެހެއްޓެނިވި ސުލްހަ ގާއިމްކުރުން ކަމަށް އަމީނާ ވިދާޅުވި އެވެ.
"އުންމީދަކީ، އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި އޮންނަ އެކުވެރިކަން ދާއިމީ ގޮތެއްގައި އޮންނާނެ ކަމަށް." އަމީނާ ވިދާޅުވި އެވެ