އޭޝިއަން ޗެމްޕިއަންސް ލީގުގައި އީރާނުގެ ޕާސެޕޮލިސްއާ ދެކޮޅަށް ކުޅުނު މި މެޗުގެ ކުރީކޮޅު ރޮނާލްޑޯއަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ރޮނާލްޑޯ ބުނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ރޮނާލްޑޯގެ ބުނުމަށް، ރެފްރީ އިތުރަށް ބެލުމަށް ފަހު އެ ޕެނަލްޓީ ކެންސަލް ކުރީއެވެ. މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ރިޔާޒްގައި ކުޅުނު މެޗުގެ ކުރިން އަލް ނަސްރު ވަނީ ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވެފަ އެވެ.