ads
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް: ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރަން އިތުރު ތިން ދުވަސް ދިނުމަށް މަޖިލިހުން ވަނީ ފާސްކޮށްފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ރިފްއަތު އާއި ޝާހިދުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި
ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

ރިއްފަތާއި ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅުވައިގެންނެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 13 މެންބަރުންގެ ސޮޔާއެކު މޭ 11 ވަނަ ދުވަހު އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއެކު މޭ 18 ވަނަ ދުވަހު އެވެ. 

މިއަދު މަޖިލީސް ފައްޓަވަމުން މަޖިލީސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދައުރު 17 ނޮވެމްބަރުގައި ހަމަވުމާއި ގުޅިގެން، އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ނިމުމަކަށް އައިސްފައިވާތީ މި ދެ މައްސަލައަކީ މަޖިލީހުގެ ނިޒާމުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް