ads
ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ:
ޒަމާންވީ މަސައްކަތްތަކާ ބެހޭގޮތުން ލިޔެފައިވާ ފޮތްތައް އެންއައިއީން ގަންނަނީ
ޒަމާންވީ މަސައްކަތް ތަކާއި ބެހޭގޮތުން ލިޔެފައިވާ ފޮތްތައް ގަންނަން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)އިން ނިންމައި ފޮތް ގަންނަށް އިއުލާން ކޮށްފި އެވެ
Advertisement

އެ އިންސްޓިޓިއުޓުން ކުރި އިއުލާނެއްގައި ބުނި ގޮތުގައި ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތެރިކަމާ ގުޅޭ އެކިއެކި ހުނަރުތައް އުވިގެންދިޔަ ނުދީ އެކަންކަން ދިރުވައި އާލާކުރުމަށްޓަކައި އެފަދަ ދާއިރާތަކުން ލިޔެފައިވާ ފޮތްތައް އެ އޮފީހުން ގަނެ ޝާއިޢު ކުރަން ބޭނުންވާ ކަމުގައެވެ.

އެގޮތުން ލިޔެލާ ޖެހުން، ލާފެންކުރުން، ހުއިފިލަނޑާ އާލާކުރުން، ރުކުފަތިން ތަކެތި ހެދުން، އިތާމުތުގެ މަސައްކަތް، އަދި ތުނޑުކުނާ ވިޔުމާ ގުޅޭ ފޮތްތަށް އެ އިންސްޓިޓިއުޓުން ގަންނަން ބޭނުންވެއެވެ.

އެ ދާއިރާ ތަކުން ހުޅަހަޅާ ފޮތް ތަކަކީ ދިވެހި ބަހުން ލިޔެފައިވާ، 44 ސަފުހާ އަށް ވުރެ މަދު ނޫން އަދި އެއްވެސް ސިފައެއްގައި ޝާއިޢު ކޮށްފައިވާ ނުވާ ފޮތްތަކެއް ކަމުގައި ވާން ޖެހޭނެ ކަމުގައި އެ އެންއައިއީން ބުނެފައި ވެއެވެ.

މީގެއިތުރުން ފޮތާއިއެކު އެ ފޮތް ވިއްކާ އަގާއި ފޮތް ލިޔުނު ފަރާތުގެ ވަނަވަރު ހުޅަހަޅަން އެންއައިއީން އެދެއެވެ. އަދި ހުށަހަޅާ ފޮތެއް އެ އިންސްޓިޓިއުޓުން ގަންނަން ނިންމައިފި ނަމަ ފޮތުގެ އެންމެހާ ރައިޓްސް ވެސް އެ އިންސްޓިޓިއުޓަށް ދޭން ޖެހެ އެވެ.

ހުށަހަޅާ ފޮތްތަކުގެ ތެރެއިން ގަންނާނެ ފޮތްތައް ކަނޑައަޅާނީ ލިޔުންތެރިކަމާއި ބަހުގެ ހަމަތަކާއި، ހިމަނާފައިވާ މައުލޫމާތުގެ މުއްސަނދިކަމުގެ އިތުރުން ލޭއައުޓް އާއި ޑިޒައިނަށް ބަލައި، ތިން މީހުންގެ ޕެނަލަކުން ޕޮއިންޓް ދޭ ގޮތެއްގެ މައްޗަށެވެ. ނަމަވެސް ފޮތް ގަންނާނެ ވަކި އަދަދެއް އެ އިންްސްޓިޓިއުޓުން އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެންއައިއީގެ ސީިނިއާ ކަރިކިއުލަމް ޑެވެލޮޕްމަންޓް އެނަލިސްޓް އަހްމަދު ޒާހިރު ވިދާޅުވީ، ދިވެހީންގެ ތެރެއިން އުވިގެންދާ ހުނަރުތައް ދިރުވާ އާލާ ކުރުމަކީ އެ އޮފީހުގެ އެއް މަގްސަދު ކަމަށެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ލިޔެފައިވާ ފޮތްތަށް އެކަމަށް އޮންނަ އުސޫލުގެ ތެރެއިން އެންއައިއީން ގަންނަން ބޭނުންވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"އެ ސްކިލް މުޅިން ނެތިގެން ދާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް އެ ސްކިލް ދިރުވައި އާލާ ކުރުން" އަހްމަދު ޒާހިރު

މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުން އޮންނާނީ ޑިސެމްބަރު 3 ވަނަ ދުވަހުގެ 10:00 ގައި ސްޓާކްލައުޑްސް ބިލްޑިން (މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ. އަދި ފޮތްތަކަށް އަގު ހުށަހެޅުން އޮންނާނީ ވެސް ސްޓާކްލައުޑްސް ބިލްޑިންގެ ހަތްވަނަ ފަންގިފިލާގައި، ޑިސެމްބަރު 11 ވަނަ ދުވަހުގެ 10:00 ގައެވެ. 

ފޮތް ގަތުމުގެ މި މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ހިމެނޭ ޝީޓެއް ވަނީ އެންއައިއީގެ އިއުލާނާއެކު އެޓޭޗް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް