![](https://cnm.mv/media/images/big_60FqgAm9nKnI6yIZ1LvaGP245.jpg)
އައިޔޫއެމްގެ ކެމްޕަސް އުނގޫފާރު އިސްލާމީ މަރުކަޒާ ހަވާލު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިއީ އައިޔޫއެމް އަށް ލިބޭ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ހާއްސަކޮށް މި ހަފްތާ ވެގެން މި ދިޔައީ އައިޔޫއެމް އަކިއެކި އުފާވެރިކަން ގެނުވި ހަފްތާއެއް ކަމަށެވެ.
ރ.އުނގޫފާރުގެ އިސްލާމިކް ސެންޓަރަކީ ޝަހީދު ޑރ އަފްރާޝިމް އަލީ ގެ ނަންފުޅުގައި ސަރުކާރުން ގާއިމުކޮއްފައިވާ އިސްލާމީ މަރުކަޒެކެވެ.
ޑރ. ޝަހީމް ވިދާޅުވީ ކުއްލިއްޔާ ޔުނިވާސިޓީ އަކަށް ހެދުމުގެ މަރުހަލާގައި އެންމެ ގިނަ ކަންކަން ކޮއްދެއްވި އެއްބޭފުޅަކީ ޑރ އަފްރާޝިމް އަލީ ކަމަށެވެ.
މީގެ އިތުރުން ޑރ. ޝަހީމް ވަނީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވެސް ޝުކުރުއަދާކުރައްވާފަ އެވެ. ޑރ. ޝަހީމް ވިދާޅޫވީ ރައީސް ޑރ މުއިއްޒު ފެނިގެންދަނީ އިލްމުވެރިންގެ ހަގީގީ ގަދަރު އުފުއްލާ އިލްމުވެރިންނަށް ހައްގު ޝަރަފާ މަތިވެރިކަންދެއްވާ ފަރާތެއްގެ ގޮތުގައި ކަމަށެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ކަޅާ ހުދުން މި މެނިފެސްޓޯއާ ގުޅޭ ވާހަކަ ބަޔާންވެފަ އެބަހުރި ކަމަށް ޑރ. ޝަހީމު ވަނީ ވިދާޅުވެފަ އެވެ.
ކުރިއަށް އޮތް ތަނުގައި އައިޔޫއެމް ގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރާ އެއްގޮތަށް ފެށިގެން ކުރިއަށް އޮތީ ކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ.
ދިވެހި ރާއްޖެއަށް ހަރުކަޝިކަމާ ހައްދުފަހަނަ އެޅުމާ ނުބައި ވިސްނުންތައް ފަދަ ކަންކަން ފިލައިގެން ދާނީ ރަގަނޅު ގޮތުގައި އިސްލާމްދީނުގައި ހުރި ރިވެތި ގޮތްތަކާ އިލްމު ފަތުރައިގެން ކަމަށް ޑރ ޝަހީމް ވަނީ ވިދާޅުވެފަ އެވެ.