
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު އިސްލާމީ މަރުކަޒުގައި އިމާވެ ނަމާދުކުރަން ހަތަރު އިމާމުން ކަނޑައަޅާފައިވާކަމަށެވެ. މަރުކަޒުގައި އިމާމްވެ ތަރާވީސް ކުރަނީ މުޅިންވެސް ޒުވާނުންނެވެ. މި ހުރިހާ ޒުވާނުންނަކީވެސް ގުރުއާން ހިތުދަސް ހާފިޒުންނެވެ.
މިއަހަރުވެސް މަރުކަޒުގައި ތަރާވީސް ނަމާދު އިމާމްވެ ނަމާދުކުރާ އިމާމުންގެ ތެރޭގައި މަރުކަޒުގެ އިމާމު އައްޝައިހް އަލްހާފިޒު ސަލްމާން މުހައްމަދު ލަތީފް ހިމެނޭކަމަށެވެ.
މީގެއިތުރުން ދެން ހިމެނެނީ އަލްހާފިޒް އުވައިސް ބިން އިނާޒާއި އަލްހާފިޒް ހިސްރު ބިން އިމާދުގެ އިތުރުން އައްޝައިހު އަލްހާފިޒް ސުލްތާން މުހައްމަދު ލަތީފްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެ ތެރެއިން ސަލްމާނާއި ސުލްތާނަކީ އިސްލާމީ މަރުކަޒުގެ އިސްމާމެއްގެ ގޮތުގައި ހުންނެވި ޝައިހް މުހައްމަދު ލަތީފްގެ ދެބޭފުޅުންނެވެ.
މި ހަތަރު އިމާމުންގެ ތެރެއިން ސުލްތާން މުހައްމަދު ލަތީފް ތަރާވީސް ކުރަން ފަށާނީ ފަހު ދިހައިގެ ރޭތަކުގައިކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ފަހު ދިހައެއްގައި ދަމު ނަމާދު އިމާމުވެ ކުރާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފްކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސުލްތާން މުހައްމަދު ލަތީފް ވަނީ ކީރިތި ގުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް 2016 ވަނަ އަހަރު ލިބިފައެވެ.