![](https://cnm.mv/media/images/saaeaeaae.jpg)
މިރޭ ބޭއްވި އަހާ ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު އަންގަވައިގެން ތަކެތީގެ އަގުތަކާ ބެހޭ ސިޔާސަތެއް ސަރުކާރުން އެކުލަވާލާފައިވާކަމަށެވެ.
އެ ސިޔާސަތަކީ 100 އާއްމު ގޭބިސީގައި ބޭނުންކުރާ އަސާސީ މުދަލާއި އާއްމުކޮށް ގެއެއްގައި ބޭނުންކުރާ ތަކެތީގެ އަގު ބާޒާރުގައި އުފުލިއްޖެނަމަ އަމަލުކުރާބެ ގޮތުގެ ސިޔާސަތެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ މުދަލުގެ ލިސްޓުގައި 183 ބާވަތެއްގެ މުދާ ހިމެނޭކަމަށާއި އޭގެތެރެއިން 54 ބާވަތަކީ ރޯދަމަހަށް ހާއްސަކޮށް ގޭބިސީތަކުން ބޭނުންކުރާ ކްރިޓިކަލް މުދާގެ ގޮތުގައި ކަނޑައަޅާފައިވާތަކެތި ކަމަށެވެ.
ސައީދު ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ އެއްޗެއްގެ އަގުބޮޑުވާކަން އެނގުމާ އެކު ވީހާ ވެސް އަވަހަށް އެކަން ހައްލު ކުރުމަށްކަމަށެވެ.
މިނިސްޓަރު ސައީދު ވަނީ ރޯދަމަހު މުދަލުގެ އަގު ބޮޑު ނުކުރުމަށް ވިޔަފާރިވެރިންނަށްވެސް އިލްތިމާސްކޮށްފައެވެ. ކަމެއް ދަތިވެއްޖެނަމަ ސަރުކާރާއި މަޝްވަރާކޮސް އެކަން ހައްލުކުރުމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު 3 އިންސައްތައަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް ރޯދަމަހުވެސް އެގޮތުގައި ހިފަހައްޓާނެކަމުގެ ޔަގީންކަން މިނިސްޓަރު ސައީދު ވަނީ ދެއްވާފައެވެ.