ads
އާބަންކޯގެ އެމްޑީއަކަށް އިބްރާހިމް ފަޒުލް ރަޝީދު އަދި އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު އިބްރާހިމް ވަނީ ހަމަޖައްސަވާފައި
އާބަންކޯގެ އެމްޑީއަކަށް ފަޒުލް، އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު
އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަޒުލް ރަޝީދު އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ޝިމާދު އިބްރާހިމް ހަމަޖައްސަވައިފި އެވެ.

އެ ބޭފުޅުން މަގާމުތަކަށް ހަމަޖައްސަވާފައިވާކަން ހާމަކޮށްފައި ވަނީ އެސްޓީއޯ އާއި އާބަންކޯގެ ރަސްމީ އެކްސް އެކައުންޓްތަކުން މިއަދު ކުރި ޕޯސްޓުތަކެއްގަ އެވެ. އެ ދެ ކުންފުނީގެ ފަރާތުން ވަނީ އެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެރިން އައްޔަން ކުރުން ލަސްވީ އެ ކުންފުނިތައް ބަލަހައްޓަމުން އަންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޯޑު މެންބަރުން ހަމަނުވެ އޮތުމުންނެވެ. އެހެންނަމަވެސް, ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބޯޑަށް މެންބަރުން އައްޔަނުކުރައްވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ 22 ބޭފުޅެއްގެ ނަން ޕީސީބީއަށް ފޮނުއްވާފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވި ޝިމާދަކީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޝިމާދު ވަނީ އެސްޓީއޯ އޮޑިޓު އޮފީހުގެ ޗެއާމަންކަމާއި ބޯޑު މެންބަރުކަންވެސް ކުރައްވާފަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވި ފަޒުލްއަކީ ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ މެންބަރުކަން ކުރައްވަމުން އައި ބޭފުޅެކެވެ. ޕީއެންސީގެ ޕީޖީ ލީޑަރުކަމުގެ މަގާމު ފުރުއްވަމުން އައި ފަޒުލް އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަ އެވެ. އޭނާ ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމު އަދާކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް