ads
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން: ކާރުކޮޅުގައި ބަލިމީހާ ފޮނުވާލެއްވުމަށް ފަހު މިނިސްޓަރު ވަޑައިގަތީ ފައިމަގުގައި
ކާރު ކޮޅުގައި ބަލި މީހާ ހޮސްޕިޓަލަށް، މިނިސްޓަރު ވަޑައިގަތީ ފައިމަގުގައި
ކ. ހިންމަފުށި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުން ސްޓްރޯކެއް ޖެހިގެން މާލެ ގެނައި މީހަކު، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާންގެ ކާރުކޮޅުގައި ހޮސްޕިޓަލަށް އިއްޔެ ގެންގޮސްފިއެވެ.

'ސީއެންއެމް' އަށް މައުލޫމާތު ދެމުން ހޯމް މިނިސްޓްރީން ބުނީ އިއްޔެ މިނިސްޓަރު ހިންމަފުއްޓަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތް ލޯންޗުގައި ސްޓްރޯކެއް ޖެހިގެން މީހަކު ގެނައި ކަަމަށެވެ.

ސްޓްރޯކް ޖެހިގެން އިއްޔެ ހަވީރު މިނިސްޓަރާއި އެއް ލޯންޗެއްގައި، ރީހެބިލިޓޭޝަން ސެންޓަރުން ގެނައި އެ މީހާގެ ހާލު އޭރު އެހާ ގޯސް ނޫން ކަމަށް މިނިސްޓްރީން ބުނެ އެވެ އަދި އެމީހާ ގެންނަމުން އެމްބިއުލާންސަށް ގުޅި ކަމަށާއި، ނަމަވެސް ކަން ދިމާކުރި ގޮތުން މާލެ އަށް ލެފުނު އިރު އެ މީހާ ބަލައި އެމްބިއުލާންސަށް ނާދެވުނު ކަމަށެވެ.

އެހެންކަމުން އެވަގުތު ބަލި މީހާ ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުކޮޅުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެއަށް ފަހު މިނިސްޓަރު ވަޑައިގަތީ ހިންގަވާފައި ކަމަށް ވެސް މައުލޫމާތު ދިނެވެ.

ހޯމް މިނިސްޓަރު އިހުސާން އިއްޔެ ހިންމަފުށީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރެއްވީ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ބައްލަވައިލެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިންނެވެ.

ކުރީގެ ސަރުކާރުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގި ޑްރަގް ރީހަބިލިޓޭޝަން ސެންޓަރުތައް މި ސަރުކާރުން ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

93%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް