ads
މާޒިޔާގެ ކޯޗު
މެންޗެސްޓާ ޔުނައިޓެޑާ ކުޅުނަސް ކުޅޭނީ މޮޅުވާން: މާޒިޔާ ކޯޗު
މެންޗެސްޓާ ޔުނައިޓެޑާ ކުޅުނަސް ކުޅޭނީ މޮޅުވާން ކަމަށް، މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ކުޅުނަސް ކުޅޭނީ މޮޅުވާން ކަމަށް، މާޒިޔާގެ ކޯޗު މިލޯ ބުނީ، އޭއެފްސީ ކަޕުގައި ބަންގްލަދޭޝް ބަޝަންދުރާ ކިންގްސް އަތުން ބަލިވެ، މުބާރާތުގައި އޮތް މެތަމެޓިކަލް ހަނި ފުރުސަތުވެސް ގެއްލުވާލުމަށް ފަހުއެވެ.

މިލޯގެ އިރުޝާދުގެ ދަށުން އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުންވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި މާޒިޔާގެ ތާރީހުގައި އޭއެފްސީ ކަޕުގައި އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗުވެސް ހިމެނެއެވެ.

އިއްޔެ ބަޝަންދުރާ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން މިލޯ ބުނީ، އޭނާގެ ފިލޯސަފީއަކީ މޮޅުވާން ކުޅުން ކަމަށެވެ.

އަހަރެންގެ ފިލޯސަފީ ވަރަށް ސާފު. އަހަރެން މެންޗެސްޓާ ޔުނައިޓެޑާ ކުޅުނަސް ކުޅޭނީ މޮޅުވާން، ޑިފެންސް ކުރާކަށް ނޫން. އެއީ ހަމައެކަނި ޑިފެންސް ކުރަން އުޅެފިއްޔާ، 50 ޕަސެންޓް މަދު އެ ވަނީ، މޮޅުވާން ކުޅެފިއްޔާ 50 ޕަސެންޓް މެޗުގައި އަބަދު ތިބެވޭނީ. - މިލޯ -

ބަޝަންދުރާ ކިންގްސް އަތުން މާޒިޔާ ބަލިވީ އެ ޓީމުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ބަޝަންދުރާ އިން ޖެހި ދެ ލަނޑާއެކުއެވެ. މާލޭގައި އެންމެ ފަހުން ކުޅުނު އޭއެފްސީ ކަޕު މެޗުންވެސް މާޒިޔާ ބަލިވީ ދެ ލަނޑުގެ ލީޑެއްގައި އޮއްވާ އިދިކޮޅު ޓީމުން ފަހަތުން އަރައި ޖެހި ތިން ލަނޑާއެކުއެވެ. މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗު މާޒިޔާއަށް ގެއްލުނީވެސް އެ ކަހަލަ ގޮތަކަށެވެ.

އޭއެފްސީ ކަޕުގައި މާޒިޔާ ދެން މި އަހަރު ކުޅން ޖެހޭނީ އެންމެ މެޗެވެ. އެއީ މާލޭގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗަށް ނުކުންނައިރު ދެ ޓީމުވެސްވަނީ މުބާރާތުން ކަޓާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް