
ސަރުކާރު ހިއްސާވާ 21 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވާފައިވާ ޕީސީބީން ވަނީ ބުނެފައި - ފޮޓޯ:އެމްވީ ޕްލަސް
ސަރުކާރު ހިއްސާވާ 21 ކުންފުންޏެއްގެ އެމްޑީކަމަށް ބޭފުޅުން އައްޔަންކުރައްވައިފި
މުހައްމަދު އަތީފް
28 ނޮވެންބަރ 2023 - 21:03:38
ސަރުކާރު ހިއްސާވާ 21 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.
ޕީސީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާ އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
- މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ހަސަން ޝާހު ވަކިކުރައްވައި އެ މަގާމަށް އަބްދުލް މަތީން މުހައްމަދު އައްޔަންކުރެއްވުން
- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އާދަމް އާޒިމް ވަކިކުރައްވައި އެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަންކުރެއްވުން
- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަހުމަދު ޝަރީފް ވަކިކުރައްވައި އެ މަގާމަށް ހުސައިން ފަހުމީ އައްޔަންކުރެއްވުން
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަހުމަދު އާތިފް ވަކިކުރައްވައި އެ މަގާމަށް އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރެއްވުން
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އިބްރާހިމް ޝަރީފް އައްޔަންކުރެއްވުން
- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުހައްމަދު ވަޖީހް އިބްރާހިމް އައްޔަންކުރެއްވުން
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަބްދުﷲ ސައީދު ވަކިކުރައްވައި އެ މަގާމަށް ޝިމާދު އިބްރާހިމް އައްޔަންކުރެއްވުން
- އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު މިހާދު ވަކިކުރައްވާ އެ މަގާމަށް އިބްރާހިމް އިޔާސް އައްޔަންކުރެއްވުން
- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ޔޫސުފް ސިރާޖް ވަކިކުރައްވާ އެ މަގާމަށް މުޖުތަބާ ޖަލީލް އައްޔަންކުރެއްވުން
- އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އިސްމާއިލް އައްޒާމް ވަޖީހް ވަކިކުރައްވާ އެ މަގާމަށް އާމިނަތު ޒީނިޔާ އައްޔަންކުރެއްވުން
- ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ހަމްދާން ޝަކީލު އައްޔަންކުރެއްވުން
- މޯލްޑިވްސް އިންޓެގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން މުހައްމަދު ރާއިދު ވަކިކުރައްވާ އެ މަގާމަށް ހައްވާ ޝިއުނާ ހާލިދު އައްޔަންކުރެއްވުން
- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އިސްމާއިލް ހަމީދު ވަކިކުރައްވާ އެ މަގާމަށް މުހައްމަދު ޝަކީލް އައްޔަންކުރެއްވުން
- ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަހުމަދު ޝިޔާމް ވަކިކުރައްވާ އެ މަގާމަށް ސައީދާ އުމަރު އައްޔަންކުރެއްވުން
- ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން އަލީ ހާލިދު ވަކިކުރައްވާ އެ މަގާމަށް ޒީނާ ޒާހިރު އައްޔަންކުރެއްވުން
- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒާހިރު އައްޔަންކުރެއްވުން
- ފެނަކަ ކޯޕަރޭޝަން (ފެނަކަ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުއާޒް މުހައްމަދު ރަޝީދު އައްޔަންކުރެއްވުން
- ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އަހުމަދު މުބީން އައްޔަންކުރެއްވުން
- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ހަސަން މަނިކު ވަކިކުރައްވާ އެ މަގާމަށް އަހުމަދު ނާޒިމް އައްޔަންކުރެއްވުން
- މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ތަޒްމީލް އަބްދުއްސަމަދު ވަކިކުރައްވާ އެ މަގާމަށް އަހުމަދު ނިޔާޒް އައްޔަންކުރެއްވުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް