ދުނިޔޭގެ މިހާރު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅޭ ކްލަބުގެ ވެރިޔާ، ޑޭވިޑް ބެކަމް ޓައިމްސް އޮފް އިންޑިޔާއަށް ދިން އިންޓަވިޔުއެއްގައި އޭނާގެ ކެރިއަރާ ބެހޭ މުހިއްމު ވާހަކަތަކެއް ހިއްސާކުރިއެވެ.
ބެކަމް ބުނި ގޮތުގައި އޭނާގެ ދިގު ކެރިއަރުގައި ފާހަގަ ކުރެވޭ އެތައް ކުޅުންތެރިންނަކާއެކު ކުޅުމުގެ ނަސީބު އޭނާއަށް ލިބުނެއެވެ. އެ ހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ބެކަމް ފާހަގަ ކުރީ ރިއާލް މެޑްރިޑްގައި އެއްކޮށް ކުޅުނު ޒިދާންއެވެ.
ބެކަމްގެ މި އިންޓަވިޔުއަކީ ދާދި ފަހުން އިންޑިޔާގައި ނިމުނު ކްރިކެޓް ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗު ބެލުމަށް އިންޑިޔާއަށް ބެކަމް ކުރި ދަތުރުގައި ދިން އިންޓަވިޔުއެކެވެ. މި އިންޓަވިޔުގައި ބެކަމްވަނީ ފުޓްބޯޅަައިގެ ވާހަކަތަކުގެ އިތުރުން ކްލަބު ހިންގުމާ، މެސީގެ ސޮއި ހޯދި ގޮތާ އަދި ވިޔަފާރިއާ ބެހޭ އެތައް ކަމަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.