ads
ޕީއެސްއެމް އަދި ސްޓެލްކޯގެ އެމްޑީން—
ސްޓެލްކޯގެ އެމްޑީއަށް ފަހުމީ، ޕީއެސްއެމަށް ޒީނާ
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ފަހުމީ، އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމަށް ޒީނާ ޒާހިރު ޕްރައިބަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން މިއަދު އައްޔަންކުރައްވައިފިއެވެ.

ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖެއްސެވި، ހުސެއިން ފަހުމީއަކީ އެ ކުންފުނީގެ އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި އެއް މުވައްޒަފެވެ.

ސްޓެލްކޯ އާއި ފަހުމީ ގުޅިވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ފަހުމީ ސްޓެލްކޯ އާއި ގުޅިވަޑައިގަތީ އެކައުންޓެންޓް ޓްރެއިނީއެއްގެ ގޮތުގައެވެ.

އެންމެ ފަހުން ހުންނެވީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. ފަހުމީ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި އެކައުންޓިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ޒީނާ ޒާހިރު ވަނީ މީޑިގެ ދާއިރާއާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުއެވެ.

 ސީނިއާ ރިޕޯޓަރެއްގެ ގޮތުގައި "މިއަދު ޑެއިލީ"ގައި މަސައްކަތްކުރެއްވުމަށް ފަހު، ބްރޯޑްކާސްޓިންގ ދާއިރާގައި ވީޑިއޯ ޖަރނަލިސްޓް/ޕްރެޒެންޓަރެއްގެ ގޮތުގައި 2007 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ތިންއަހަރަށްވުރެ ގިނަ ދުވަހު ޒީނާ ވަނީ ވީޓީވީގައި މަސައްކަތްކުރައްވާފައެވެ.

ޒީނާ ވަނީ، މީޑިއާއިގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީންތަކެއް ފުރިހަމަކުރައްވާފައެވެ. ޒީނާ މަތީ ތައުލީމު ހާސިލްކުރެއްވީ މާކެޓިން މެނޭޖްމަންޓާއި އިދާރީ މަސައްކަތްތަކާއި ގުޅޭ ދާއިރާތަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް