ads
ޗެމްޕިއަންސް ލީގުގައި ބާސާ ރޭ ކުޅުނު މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގު: ޕޯޓޯ ބަލިކޮށް ބާސެލޯނާ ދެވަނަ ބުރަށް
ޕޯޓޯ ބަލިކޮށް ބާސެލޯނާއިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގައި ޕޯޓޯ އަތުން ބާސެލޯނާ ރޭ މޮޅުވީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. އަމިއްލަ ދަނޑުގައި ރޭ ބާސެލޯނާ އަށް މެޗުގައި ދެ ލަނޑުވެސް ޖަހައިދިނީ ޕޯޗްގަލް ކުޅުންތެރިންނެވެ. 

ބާސެލޯނާގެ ދަނޑުގައި ހޯދި މިމޮޅާއެކު ދެވަނަ ބުރު ކަށަވަރުކުރީ ފަސް މެޗުން 12 ޕޮއިންޓާ އެކުއެވެ.

މިގްރޫޕުން ދެވަނަ ބުރުގެ ދެވަނަ ޖާގަ އަށް ވާދަކުރަނީ ޕޯޓޯ އާއި ޔުކްރެއިންގެ ޝަޚުތަރު ޑޮނެސްކެވެ. މިދެޓީމް ވެސް އޮތީ 9 ޕޮއިންޓާ އެކުއެވެ. ފަހު މެޗުގައި މިދެޓީމް ވާދަކުރަން ޖެހޭނީވެސް އެއް ޓީމް އަނެއް ޓީމާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް