ads
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ފައިސާތަކެއް - ފޮޓޯ:ކުރީގެ ސީޕީ ހަމީދު
ޓެރެރިޒަމް ގާނޫނުގެ ދަށުން 31.7 މިލިއަން ރުފިޔާ ހިފެހެއްޓި: ކަސްޓަމްސް
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފަންޑް ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އެތެރެކޮށް، ބޭރުކުރަން އުޅުނު 31.7 މިލިއަން ރުފިޔާ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން ހިފެހެއްޓި ފައިސާގެ އަދަދު ހާމަކުރީ 2014 ވަނަ އަހަރު އަމަލުކުރަން ފެށި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފަންޑްކުރުމުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ހިފެއްޓި ފައިސާގެ އަދަދު ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ފޮނުއްވި ސުވާލުތަކަށް ފޮނުވި ޖަވާބުގަ އެވެ.

މެންބަރު ރަޝީދުގެ ސުވާލުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޑިިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ލިޔުމުން ފޮނުއްވި ޖަވާބުގައި ބުނެފައި ވަނީ 2015 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން ފައިސާ ހިފައްޓާފައި ވަނީ 2018 ވަނަ އަހަރުގައި ކަމަށެވެ.

your imageކަސްޓަމްސްއިން ހިފެހެއްޓި ފައިސާގެ ތަފްސީލް - ސީއެންއެމް ގްރެފިކްސް

ކޮންމެ އަހަރަކު ހިފެއްޓި ފައިސާގެ އަދަދާއި އެ ފައިސާ ނިސްބަތްވާ ކަރަންސީ ވަކިން އެނގޭ ގޮތަށް ކުރީގެ މިނިސްޓަރު މާރިޔާ ފޮނުއްވި ޖަވާބުން އެނގޭ ގޮތުގައި ހަ އަހަރު ދުވަހުގެ ތެރޭގައި ހިފެއްޓި ފައިސާގެ އަދަދު 31،772،807.56 ރުފިޔާއަށް އަރަ އެވެ.

your imageމަޖިލިހަށް ފޮނުވި ޖަވާބުގައި ވަކި ކަރަންސީއެއް ހާމަނުކޮށް އެހެނިހެން ގޮތުގައި ހިއްސާކޮށްފައިވާ އަދަދުތައް - ސީއެންއެމް ގްރެފިކްސް

އެ ފައިސާގެ ތެރެއިން އެންމެ ގިނައިން ފައިސާ ހިފެއްޓި 2018 ވަނަ އަހަރު ކަސްޓަމްސްއިން ވަނީ 17.3 މިލިޔަން ރުފިޔާ ހިފަހައްޓާފަ އެވެ. ދެ ވަނައަށް އެންމެ ގިނަ ފައިސާ ހިފަހައްޓާފައިވާ ކަމަށް ތަފާސް ހިސާބުން ދައްކަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 5.1 މިލިއަން ރުފިޔާ ހިފަހައްޓާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް