ads
ޒަކާތް ދައްކަނީ: ޒަކާތު ފަންޑުން ޖަލުތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
"ޒަކާތު ފަންޑުން ޖަލުތަކުގައި ދީނީ ޕްރޮގްރާމްތައް ވާނީ ހިންގާފައި"
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޒަކާތު ފަންޑުން ޖަލުތަކާއި ރީހެބްތަކުގައި ދީނީ ޕްރޮގްރާމުތައް ހިންގާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފި އެވެ.
Advertisement

މިކަން ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ފޮނުއްވި ސުވާލުތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ޖަވާބުގަ އެވެ.

މެންބަރުގެ ސުވާލުގައި ވަނީ ޒަކާތު ފަންޑުން ދީނީ ހޭލުންތެރިކަން އިތުރު ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ އެ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް އެދިފަ އެވެ.

މެންބަރު ރަޝީދުގެ ސުވާލުތަކަށް ރައީސް ސޯލިހުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ލިޔުމުން ފޮނުއްވި ޖަވާބުގައި ވަނީ ޒަކާތު ފަންޑުން އެ ސަރުކާރުގައި ކުރަމުން ދިޔަ ކަންކަން ހާމަކުރައްވާފަ އެވެ.

އޭގެތެރޭގައި ޖަލުތަކާއި ރީހެބްތަކުގައި ދީނީ ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން ހަރުކަށި ފިކުރާއި ދެކޮޅަށްވެސް ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބޭ ކުދިންނަށް ހާއްސަކޮށް ދީނީ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ސްކޫލްތަކާއި އޮފީސްތަކުގައި ހަރަކާތްތައް ހިންގާފައިވާ ކަމަށް އެ ލިޔުމުގައި ބުނެފައިވެ އެވެ. އަދި މީޑިއާ މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތައް ހިންގުމާއި ދީނީ ފޮތްތައް ނެރުން ފަދަ ކަންކަންވެސް ޒަކާތު ފަންޑުން ކޮށްފައިވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.

އިސްލާމިކް މިނިސްޓަރުގެ ޖަވާބުގައި އިތުރަށް ބުނެފައި ވަނީ ޒަކާތު ފަންޑުން އެ ޕްރޮގްރާމުތައް ހިންގާފައިވަނީ އެ މިނިސްޓްރީގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަނެސް ޔުނިޓް މެދުވެރިކޮށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް