ads
މިނިސްޓަރު ޑރ. ރަމީލާ
މިނިސްޓަރު ޑރ. ރަމީލާ، ކެންސަރަށް ޑައިގްނޯސްވެއްޖެ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ، ކެންސަރަށް ޑައިގްނޯސް ކުރެވި ފަރުވާ ހޯއްދަވަން ފަށްޓަވައިފި އެވެ.

މިނިސްޓަރު ޑރ. ރަމީލާ، ކެންސަރަށް ޑައިގްނޯސް ކުރެވުނުކަން ހާމަ ކުރެއްވީ މިއަދު ސޯޝަލް މީޑިއާގަ އެވެ. ރަމީލާ ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެންމެފަހު ސްޓޭޖުގައި ހުއްޓާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބަރު ހިތަކާ އެކު މި ވަގުތަށް އެންމެންނާ މި ވަކިވަނީ. ﷲ ގެ އިރާދަފުޅާ އެކު އަލުން ބައްދަލުވާނެ،" ރަމީލާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ޑރ. ރަމީލާ ކެންސަރަށް ޑައިގްނޯސް ކުރެވުނުކަން ހާމަކުރެއްވި ނަމަވެސް އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެ ކަމަނާ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވާނީ އިންޑިޔާއަށެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވާފަ އެވެ. ޑރ. ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީވެސް ހާސިލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް