ads
ރައީސް ޔާމީން ހުސައިން ވަހީދާ އެކު: މާލޭ މޭޔަރުކަމަށް ރައީސް ޔާމީންގެ ތާއީދު ހުސައިން ވަހީދަށް ވަނީ ދެއްވާފައި
މާލޭ މޭޔަރުކަމަށް ރައީސް ޔާމީންގެ ތާއީދު ހުސައިން ވަހީދަށް
ހުސްވެފައިވާ މާލޭ މޭޔަރުކަމުގެ މަގާމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރައްވަނީ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށް ކަމަށް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭ މޭޔަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުވުމުންނެވެ. 

އަންނަ ޖެނުއަރީ މަހު މާލޭ މޭޔަރުގެ އިންތިހާބު އޮންނައިރު، އެ އިންތިހާބުގައި ރައީސް ޔާމީން ތާއީދު ކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދަށްކަން އެމަނިކުފާނުގެ ފަރާތުން ހާމަކުރެއްވީ މިއަދު ޑރ. ޖަމީލެވެ. 

މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރެވެ. ރިޕޯޓުތައް ބުނާގޮތުން ރައީސް ޑރ. މުއިއްޒުގެ ތާއީދު އޮތީ އާޒިމާއަށެވެ. 

މޭޔަރު އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްއިން ވާދަކުރައްވަނީ މާލޭ ސިޓީ ކައުންސިލުގެ މެންބަރު މުހައްމަދު ސައިފް ފާތިހެވެ.

މާލޭ މޭޔަރުކަމަށް އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓެއް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީއަށް ވަނީ ހުޅުވާލާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް