ads
އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރަން ގޭބިސީތަކަށް ފަހިކޮށްދޭން މަގޭ ސޯލާގެ ނަމުގައި ޕްރޮގްރާމެއް ވަނީ އިފްތިތާހުކޮށްފައި - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ކަރަންޓު ބިލު ކުޑަކުރަން "މަގޭ ސޯލާ" އިން ސޯލާ ޕެނަލް ހަރުކޮށްދެނީ
އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރަން ގޭބިސީތަކަށް ފަހިކޮށްދޭން "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް އެންވަޔަރަންމަންޓް މިނިސްޓްރީން އިފްތިތާހުކޮށްފި އެވެ.
Advertisement

މަގޭ ސޯލާ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 14 ހަފުތާގެ މަގުޗާޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ގޭބީސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށް ތައާރަފު ކުރެވޭ ޕްރޮގްރާމެއް ކަމަަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަކީ ވެސް މި ޕްރޮގްރާމުގެ ބޭނުމެއް ކަމަށެވެ.

ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކުގެ އިތުރުން ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ދަށުން އިންސްޓޯލްމަންޓަށް ފައިސާ ދައްކާގޮތަށް ގޭބިސީތަކުގައި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ރަށްރަށުގައި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރާނީ އެ ރަށެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކުންނެވެ. އެގޮތުން މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) މެދުވެރިކޮށެވެ.

މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ގޭގޭގެ ފުރާޅުތަކުގައި ތިން ކިލޯވޮޓާއި ފަސް ކިލޯވޮޓުގެ ނިޒާމުތައް ހަރުކުރެވޭނެ އެވެ. ރަށްރަށުގައި ހަރުކުރާ ސޯލާ ޕީވީ ނިޒާމުތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން ވަނީ އަންގާރަ ދުވަހު ބީލަމަށްވެސް ހުޅުވާލާފަ އެވެ.

އަވިން ހަކަތަ އުފައްދާ ނިޒާމުތައް ހަރުކުރާ ގޭބިސީތަކަށް ބިލުކުރާނީ ނެޓް މީޓަރިން އުސޫލުންކަން ފާހަގަކޮށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އުސޫލުގެ ދަށުން ބިލު ކުރާނީ ގޭބިސީއެއްގައި ބޭނުންކުރި ކަރަންޓު ޔުނިޓުގެ އަދަދުން ސޯލާ ޕީވީ ނިޒާމުން އުފެއްދި އަދަދު އުނިކުރުމުން ބާކީވާ ޔުނިޓުތަކަށް ކަަމުގަ އެވެ. އެގޮތުން ކަރަންޓު ބިލުން އުނިވާ އަދަދު އިންސްޓޯލްމަންޓް އުސޫލުން ގަނެފައިވާ ޕީވީ ނިޒާމުގެ އަގު ހަމަވަންދެން ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި ހިމަނާނެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް